Monday, November 16
ޚާރިޖީ ވަޒީރު މޯލްޓާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް، މޯލްޓާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ވަޒީރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ޑރ. އިއަން ބޯގް އާއި އެ ޤައުމުގެ މިނިސްޓަރ ފޮރ ހެލްތު އެންޑް އެކްޓިވް އޭޖިންގ، ޑރ. ޖޯ އެޓިއެން އަބޭލާ އާއި މިނިސްޓަރ ފޮރ ދަ އިކޮނޮމީ، އެންޓަޕްރައިޒް އެންޑް ސްޓްރެޓެޖިކް ޕްރޮޖެކްޓްސް، ސިލްވިއޯ ޝެމްބްރީ އާއި މިނިސްޓަރ ފޮރ ދަ އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ޕަބްލިކް ކްލެންލިނަސް، މިރިއަމް ޑަލީގެ އިތުރުން މެޑިޓަރޭނިއަން އެކެޑެމީ އޮފް ޑިޕްލޮމެޓިކް ސްޓަޑީޒްގެ ޑިރެކްޓަރ ޕްރޮފެސަރ ސްޓެފަން ކަލެއްޔާ އާ ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ މަސްލަހަތު ތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. ވަކިން ޚާއްޞަކޮށް އިޤްތިޞާދީ ކުރިއެރުމާއި، ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުންތަކުގައި ވަޒީރު ޑރ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި މޯލްޓާ އަކީ ދުނިޔޭގެ ސްޓްރެޓީޖިކް ލޮކޭޝަންތަކުގައިވާ ކުދި ޖަޒީރާ ދެ ޤައުމަށްވެފައި، މިކަމުގެ ސަބަބުން ދެ ޤައުމުގެ އިޤްތިޞާދުތައް ދުނިޔޭގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅި ލާމެހިފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި މި ބައްދަލުވުންތަކުގައި ދެ ފަރާތުން ވެސް ވަނީ ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އިޤުތިޞާދީ ވިލުންތެރިކަން އިތުރުކޮށް، މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު