Monday, November 2
އަމީނީއުފާ ކެންޓީން ހިނގި އިމާރާތް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފި

އަމީނީ މަގުގައި ހަދާފައިވާ އަމީނީއުފާ ކެންޓީން ހިނގި އިމާރާތް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިއީ އެ އިމާރާތުގެ ކުލީގެ ގޮތުގައި ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އަދި އިމާރާތް ބޭނުންކުރަމުންދާ ފަރާތެއް އެނގިފައިނުވުމާ ގުޅިގެން އެޅުނު ފިޔަވަޅެކެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، އެ އިމާރާތް ކުއްޔަށް ދީފައިވާ މުއްދަތު ވަނީ ހަމަވެފައެވެ. އަދި ފެބުރުއަރީ 6 ވަނަ ދުވަހުގެ 12:00ގެ ކުރިން އިމާރާތް ކައުންސިލާ ހަވާލުކުރުމަށް އިއުލާންކޮށް، އެ އިއުލާނު އިމާރާތުގެ ދޮރާއި ފާރުގައި ހިއްޕައި ގެޒެޓުކުރި ނަމަވެސް، މިއަދާ ހަމައަށްވެސް އިމާރާތް ކައުންސިލާ ހަވާލުކޮށްފައި ނުވެއެވެ.

އިމާރާތުގައި އެއްވެސް ފަރާތެއްގެ މުދަލެއް ނުވަތަ އެއްޗެއް ބަހައްޓާފައިވާނަމަ، އެ އެއްޗެއްގެ ވެރިފަރާތް އަންގައިދޭ ލިޔުންތަކާއެކު ކައުންސިލަށް ހުށަހެޅުމަށް އަންގައިފައިވެއެވެ. މިގޮތުން މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ކައުންސިލުން އިމާރާތް ހުޅުވައިދޭ ގަޑިތަކުގައި އެތަކެތި ނެގުމަށް ވަނީ އަންގާފައެވެ.

ކައުންސިލުން އިންޒާރު ދީފައިވާ ގޮތުގައި، ދީފައިވާ މުއްދަތުގެ ތެރޭގައި އިމާރާތުގައި ބަހައްޓާފައިވާ އެއްވެސް އެއްޗެއްގެ ވެރިފަރާތުން އެކަން ކައުންސިލަށް ނާންގައި ނުވަތަ އެ މުދާ ނުގެންގޮސްފިނަމަ، އެއީ އެތަން ގަވާއިދާ ޚިލާފަށް ކައުންސިލުގެ ހުއްދަނެތި ބޭނުންކުރި ފަރާތަކުން ކުނީގެ ގޮތުގައި އުކާލާފައިވާ އެއްޗެހި ކަމުގައި ބަލައި، އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު