ރާއްޖޭގައި ފާނަބަސަންތު ޖެހިގެން ރިޕޯޓުކުރާ މިންވަރު ފަހަކަށް އައިސް އަނެއްކާވެސް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭގެ އެކްސް ޕޯސްޓު ވާޓ 2025 ވަނަ އަހަރުގެ ފެބްރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު މި ބަލީގެ ކޭސްތައް ވަނީ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބްރުވަރީ މަހު 190 ކޭސް ރިޕޯޓުކުރެވުނު އިރު، މާރިޗު މަހު 316 ކޭސް ވަނީ ރިޕޯޓުކުރެވިފައެވެ. އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރެވިފައިވަނީ މާލެ ސަރަހައްދާއި، ށ އަތޮޅު އަދި ރ އަތޮޅުންނެވެ.
ބަލީގެ އަލާމާތްތައް
ފާނަބަސަންތަކީ ހާރޕީޒް ވައިރަހުގެ އެއް ބާވަތް ކަމަށްވާ ވެރިސެލާ ޒޮސްޓަރ ވައިރަހުގެ ސަބަބުން ޖެހޭ، ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކަށް ފެތުރޭ ބައްޔެކެވެ. މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި 38 ޑިގްރީ ސެލްސިއަސް އިން 39.4 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ހުން އައުމާއި، ވަރުބަލިވުން، ކާހިތްނުވުން، ބޮލުގައި ރިއްސުން އަދި ހަމުގައި ފެންއަރާފައި ހުންނަ ބިހިތައް ނެގުން ހިމެނެއެވެ.
މީގެ އިތުރުން، ކެއްސުމާއި ކަރަށް ތަދުވުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައްވެސް ފެނިފައިވާކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އެޗްޕީއޭއިން ރައްޔިތުންނަށް އިލްތިމާސްކުރަނީ މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށާއި، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ
މި ލިޔުން ކިޔާލުމުން