ވަގަށްނެގި ފޯނެއް ބޭނުންކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރި މައްސަލައެއްގައި 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ޅޮހީ، ފެހިވިނަ، އަބްދުﷲ ސާއިފ ނަމަކަށް ކިޔާ 25 އަހަރުގެ ޒުވާނެއް ކަމަށެވެ. ފުލުހުންގެ ތަޙުޤީޤަށް މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުން، ސާއިފް ވަނީ މީހެއްގެ ފޯނު ވަގަށް ނަގައި، އެ ފޯނު ބޭނުންކޮށްގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާގެ އަމިއްލަ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކޮށްފައެވެ.
ފުލުހުން މައްސަލަ ތަޙުޤީޤު ކުރަމުންދާއިރު، ސާއިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް، ސާއިފް ޓްރާންސްފަރ ކުރި ފައިސާގެ އަދަދު މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ތަޙުޤީޤު ދަނީ ކުރިއަށެވެ.
މި ލިޔުން ކިޔާލުމުން