Friday, November 13
މާލޭގެ 3 ސަރަޙައްދެއްގައި ފެން ހިންދަން ފަށައިފި
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ޤައުމީ ދިފާޢީ ބާރުން ހަރަކާތްތެރިވާން ފަށައިފިއެވެ. މާލޭގައި ފެންބޮޑުވެފައިވަނީ ހެނދުނު 10:00 ޖަހައި އެހައިކަށްހާއިރު ވެހެން ފެށި ވާރެއާއެކުއެވެ. މިއާއި ގުޅިގެން، ތައްޔާރީ ހާލަތުގައި ތިބި ޤައުމީ ދިފާޢީ ބާރުން ވަނީ ފެން ހިންދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. މިގޮތުން މާލޭގެ 3 ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެއީ އައިޖީއެމްއެޗް ސަރަހައްދާއި، ވެސްޓް ޕާކް ސަރަހައްދު އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދެވެ. މި ސަރަހައްދުތަކުގައި ޕަމްޕުތައް ޖަހާ ފެން ހިންދުމުގެ މަސައްކަތުގެ އިތުރުން، ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ސިފައިން ދަނީ ކުރަމުންނެވެ. މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ސަރަޙައްދުތަކަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ކ އަތޮޅުންފެށިގެން ލ އަތޮޅާއި ހަމައަށް މިހާރު ވަނީ ރީނދޫ އެލާރޓް ނެރެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު