މާލެ ސަރަހައްދުގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި އިތުރު އަށް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އިއްޔެ މާލޭގެ ސޯޝަލް ސެންޓަރ އަދި ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ގަވާއިދާހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، ރޭ ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ 04 އެކަމަޑޭޝަން ބްލޮކެއް ވަނީ ބަލައިފާސްކުރެވިފައި. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 08 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ… pic.twitter.com/KIZQmh9dFp
— Maldives Immigration (@ImmigrationMV) April 8, 2025
އަދި މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 08 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭވެސް ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ 04 އެކަމަޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 08 ބިދޭސީއަކު އަތުލައިގެންފައެވެ.
މި ލިޔުން ކިޔާލުމުން