Friday, November 13
މޫސުން: ކ އަތޮޅުން ލ އަތޮޅަށް ރީނދޫ އެލާޓް
ކ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ރީނދޫ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހެނދުނު 10:45 ން ފެށިގެން މެންދުރު ދޭއް ޖެހުމާއި ހަމައަށް ރީނދޫ ސަމާލު މި ނެރުނީ ބޯކޮށް ވާރޭވހި 40 މޭލަށް ވައިގަދާވާނެ ކަމަށް ލަފާކޮށްފައެވެ. މީގެ ކުރިން މިއަދު ހެނދުނު ވަނީ މި ހިސާބަށް ހުދު ސަމާލު ނެރެފައެވެ. އިއްޔެ އިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މުސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ އިރު ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދު ތަކަށް އެކި ގަޑިތަކުގައި ވައިގަދާވާނެ ކަަމަށް ވަނީ ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު