Saturday, October 31
ތ އަތޮޅުގައި މިމަހު ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ

ތ އަތޮޅުގައި މިމަހު ޑަޔަލިސިސް ގެ ޚިދުމަތް ފަށުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތު މިނިސްްޓްރީން ވިދާޅުވީ އަންނަ ހަފްތާގައި މި ޚިދުމަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

ތ އަތޮޅުުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ ވޭމަންޑޫގައެވެ.

މީގެ އިތުރުން މިމަހުގެ ތެރޭގައި ނ އަތޮޅު ވެލިދޫގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

ޑަޔަލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ.

ޑަޔަލިސިސްގެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެގޮތް ހެދުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު