Monday, November 2
ތްރީ ޖެނެރޭޝަން ވޯކް ގައި އިސްރަށްވެހިންގެ ނާދީން ބައިވެރިވާން ނިންމައިފި

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ތްރީ ޖެނެރޭޝަން ވޯކް" ގައި އިސްރަށްވެހިންގެ ނާދީން ބައިވެރިވުމަށް ނިންމައިފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންނަށް މި ހަރަކާތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޕެންޝަން އޮފީހާއި އެލްޑަރލީ ރައިޓްސް އެންޑް ވެލްބީންގ ޑިޕާޓްމަންޓާ ގުޅިގެންނެވެ.

ހުޅުމާލެ 2 ވަނަ ފިޔަވަހީގެ އިސްރަށްވެހިންގެ ނާދީގައި ބޭއްވި މި މަޢުލޫމާތު ސެޝަނުގައި، ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރޭޝަން ޕްރޮސެސްއާއި ހަރަކާތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

މި ހަރަކާތަކީ ދޮށީ އުމުރުގެ މީހުންނަށް އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްޞަދުގައި ޕެންޝަން އޮފީހުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އިސްރަށްވެހިންގެ ނާދީން ވެސް ބައިވެރިވާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު