Saturday, October 31
ހުޅުމާލޭގެ 4 ތަނެއް ބަލައިފާސްކޮށް 8 ބިދޭސީއަކު އިމިގެރޭޝަންގެ ބެލުމުގެ ދަށަށް

ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ހުރި ބިދޭސީން ދިރިއުޅޭ 4 އެކަމަޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރޭ ހިންގުނު އޮޕަރޭޝަނުގައި މި 4 އެކޮމޮޑޭޝަން ބްލޮކް ބަލައިފާސްކުރެވުނު ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އެކްސްޕޯސްޓުގައި ވަނީ ބުނެފައެވެ،

އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ، މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

https://twitter.com/ImmigrationMV/status/1909572192360132797?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E‎1909572192360132797%‎7Ctwgr%5Eb5b5edb830006c7acc0e79469cc6b3f061af9d‎74%‎7Ctwcon%5Es1_&ref_url=https%3A%2F%2Fhuvadhoomedia.com%2Fwp-admin%2Fpost.php%3Fpost%3D96320action%3Dedit

އިމިގްރޭޝަނުން މިއަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު