Monday, November 2
ޖީސީޓީޕީއާއި އެންއޭއެމްގެ އެއްބަސްވުމަށް ނައިބު ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ދުނިޔޭގެ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ގްލޯބަލް ކައުންސިލް ފޮރ ޓޮލަރެންސް އެންޑް ޕީސް (ޖީސީޓީޕީ) އާއި ނޮން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވަރކްއާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

އުޒްބަކިސްތާނުގައި މިހާރު ކުރިއަށްދާ 150 ވަނަ އިންޓަރ ޕާލިމެންޓަރީ ޔޫނިއަން އެސެންބްލީގެ ތެރެއިން އެކުލަވާލެވުނު މި އެއްބަސްވުމާ ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެ ޖަމުޢިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ.

"މި އެއްބަސްވުމަކީ ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމަށާއި ޑިޕްލޮމަސީގެ ރީތި އުޞޫލުތައް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްބަސްވުމެއް،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި ޖީސީޓީޕީއާ ގުޅިގެން ރާއްޖެ މަސައްކަތްކުރުމަކީ ލިބޭ ފަޚުރެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގްލޯބަލް ކައުންސިލް ފޮރ ޓޮލަރެންސް އެންޑް ޕީސް (ޖީސީޓީޕީ) އަކީ ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމާއި، ދުނިޔޭގައި ހަމަޖެހުމާއި ސަލާމަތް ޤާއިމުކުރުމާއި، ވަކި ނަސްލަކަށްވީތީ ކުރާ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު