Friday, November 13
ރާއްޖޭގައި މެރިން މިއުޒިއަމެއް ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ރާއްޖޭގައި މެރިން މިއުޒިއަމެއް ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝަވަރާކުރިއަށް ދިޔައީ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ޗައިނާގެ ނޭޝަނަލް މެރިން މިއުޒިއަމް، ޝަންހާއީ ޔުނިވާސިޓީ، އަދި ވޫހާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ މަންދޫބުންނާ ކުރެއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި މެރިން މިއުޒިއަމްއެއް ގާއިމްކުރުމާއި ރާއްޖެ އާއި ޗައިނާގައި ވެސް މެރިން ކަލްޗަރަލް އެގްޒިބިޝަންތައް އިންތިޒާމް ކުރުން ހިމެނޭ ގޮތަށް ދެގައުމުން މިކަމުގައި އެއްބާރުލުން ދިނުމަށް މަޝްވަރާކުރެވުނެވެ. މިނިސްޓަރު ޝިޔާމް ވަނީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ މި މުހިންމު މަސައްކަތުގެ ތެރެއިން ދެގައުމުގެ މެދުގައި އުފެދިފައިވާ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު