Friday, November 13
ފަސްލައްކަ އާއި ގާތްކުރާ އަދަދަށް ގަސްއިންދައިފި
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ފަސް ލައްކަ އާއި ގާތްކުރާ އަދަދަކަށް ގަސް އިންދައިފި ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން މިއަދު އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މިހާތަނަށް 498،968 ގަސް ވަނީ އިންދާފައެވެ. އަދި ބައެއް ކުންފުނިތަކުން އިންދުމަށް ކަނޑައަޅާފައިވާ އަދަދުވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެޗްޑީސީ އާއި އެމްޕޯއެލް އިން ވަނީ ކޮންމެ ކުންފުންޏަކުން އެއް މިލިއަން ގަސް އިންދުމަށް ޓާރގެޓް ކަނޑައަޅާފައެވ. ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ހަލައްކަ ގަސް އިންދުމަށް ޓާރގެޓްކޮށްފައިވާއިރު، ސްޓެލްކޯ އިން ވަނީ ފަސްލަކަ ގަސް އިންދުމަށް އަމާޒު ހިފާފައެވެ. ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމްގެދަށުން، ސަރުކާރާއި އަމިއްލަ ކުނފުނިތަކުންވެސް ވަނީ ބައިވެރިވެ ގަސްއިންދަން ފަށާފައެވެ. 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މުޅި ރާއްޖޭގައި ކުރިއަށްގެންދާއިރު، މިއީ 5 އަހަރަށް ބަހާލައިގެން ގެންދާ މަޝްރޫޢުއެކެވެ. މިދިޔަ އަހަރު ފާހަގަކުރި ދުނިޔޭގެ ތިމާވެށީގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވި މި ޕްރޮގްރާމުން ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު