Friday, November 13
ރަސްދޫގައި ފިހުނު ފިރިހެން މީހާ ރާއްޖެއިން ބޭރަށް ފޮނުވައިފި

އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނެގީ މީގެ 2 ދުވަސް ކުރިންނެވެ.

އެރަށުގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މާރޗް 31 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގީ އަންހެން މީހާގެ ކޮޓަރީގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެ ހާދިސާ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވާއިރު އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު