Friday, November 13
ފިލިޕީންސް އިން ރާއްޖެއަށް މެޑިސިން ކިޔެވުމުމަށް ތިން ސްކްލަރޝިޕް ދީފި

ފިލިޕީންސްގެ އޭއެމްއޭ ސްކޫލް އޮފް މެޑިސިންގެ ފަރާތުން ރާއްޖެއަށް މެޑިސިން ކިޔެވުމުގެ ތިން ފުރުޞަތު ދެއްވާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެމަނިކުފާނު ވަނީ މިދިޔަ ހަފްތާގައި ޕިލިޕީންސްގައި ބޭއްވި ހަތް ވަނަ ގްލޯބަލް މިނިސްޓީރިއަލް ސަމިޓް ފޯ ޕޭޝަންޓް ސޭފްޓީ ގައި ހާސިލްކުރެވުނު ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ހިިއްސާކުރައްވާފައެވެ.

އެގޮތުން ބޭވުނު ރަސްމީ ބައްދަލުވުމުގައި ޕިލިޕީންސްގެ އޭއެމްއޭ ކޮލެޖްގެ ފައުންޑަރ އަދި ރައީސް އާއި ބައްދަލުކުރެވުނު ކަމަށާއި އެބޭފުޅާ ދިވެހިރާއްޖޭގެ ޞިއްހީ ދާއިރާއަށް އެހީތެރިވާން ބޭނުންވެ އެކަމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަން ހާމަކުރެއްވިއެވެ. އެގޮތުން ފެށުމެއްގެ ގޮތުން މެޑިސިން ކިޔެވުމަށް 3 ފުރުޞަތު ދެއްވާފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެބޭފުޅާ އަޅުގަނޑުމެންނާ ކުރެވުނު މަޝްވަރާތކުގެ ތެރޭގައި، ވަރަށް ދީލަތިކަމާއި އެކު ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވާން ބޭނުންފުޅުވާކަމަށް ވިދާޅުވި. އަދި އެތަނުން ދިވެހި ކިޔަވާކުދިންނަށް ފުރުޞަތު ދެއްވާން ބޭނުންފުޅުވާކަމަށް ވިދާޅުވި.އަދި ފަޅަގތުމެއްގެ ގޮތުން މިއަހަރު އެމް.ބީ.ބީއެސް އަށް ތިން ސްކޮލަޝިޕް އޮފަރ ކޮށްދެއްވާނެ ކަމަށް ވިދާޅުވެ.އޭގެ ރަސްމީ ލިޔުންތައް ވެސް އަޅޫގަނޑާ ހަވާލުކުރެއްވި" މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ ސްކޮލަރޝިޕްތަކަށް ކަމާއި ގުޅުން ހުރި އެހެން މިނިސްޓްރީއާއި މަޝްވަރާކޮށް އެ އޮންނަ އުސޫލުން ވަރަށް އަވަހަށް އިއުލާން ކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މިދަތުރުގައި ޕިލިޕީންސްގެ ހެލްތު މިނިސްޓަރ އާއި އެކު ވެސް މަޝްވަރާކޮށްފައެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ފުރުޞަތު ހޯދުމާއި، ސްޕެޝަލައިޒްވާން ބޭނުންވާ ދަރިވަރުންނަށް ޝީޓްތައް ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގައި ކުރިމަގެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ޕިލިޕީންސްގެ ހެލްތު މިނިސްޓަރ ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު