ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިގޮތުން އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި 08 އެޕްރީލް 2025 އިން ފެށިގެން އެ އިދާރާގެ ރަސްމީ މަސައްކަތު ގަޑި، ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމުގައިވާ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ވަނީ ބަދަލުކުރެވިފައެވެ.
ސަމާލުކަމަށް!
މި އިދާރާގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމުގައިވާ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މާދަމާ (08 އެޕްރީލް 2025) އިން ފެށިގެން ވަނީ ބަދަލުކުރެވިފައެވެ.ނަމަވެސް، މި އިދާރާއިން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް މިހާރުވެސް… pic.twitter.com/Uj7TFtDsJe
— Maldives Immigration (@ImmigrationMV) April 7, 2025
ނަމަވެސް، އެއިދާރާއިން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް މިހާރުވެސް ދެމުންދާ ގަޑިތަކުގައި، އާންމުންނަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ ރަސްމީ ގަޑިއަށް ބަދަލު ގެނެސްފައިވާއިރު، ސަރުކާރުން ދަނީ ޕާސްޕޯޓާއި ވިސާފަދަ އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން