Monday, November 2
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޯލްޓާއަށް ފުރާވަޑައިގެންފި

ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، ރަސްމީ ދަތުރުފުޅެއްގައި މިއަދު މޮލްޓާއަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ތެރޭގައި ޚާރިޖީ ވަޒީރު، މޮލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ އަދި ފަތުރުވެރިކަމާބެހޭ ވަޒީރު އިއަން ބޯގްއާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެކި މައްސަލަތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ޑރ. ޚަލީލް މޮލްޓާގެ ކެބިނެޓުގެ އިތުރު ބައެއް ވަޒީރުންނާވެސް ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ދަތުރުފުޅުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުން، ދެމެހެއްޓެނިވި ތަރައްޤީ، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުން، ފަތުރުވެރިކަން އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު