Monday, November 2
އިޒްރޭލުގެ ހައްދެއްނެތް އަނިޔާވެރިކަން ނިމުމަކަށް ގެންނަން ފިޔަވަޅު އަޅަން މަޖިލިސްރައީސް ގޮވާލައްވައިފި

އުޒްބަކިސްތާނުގައި މިހާރު ކުރިއަށްދާ އައި.ޕީ.ޔޫ.ގެ 150 ވަނަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލައްވައި، އެކަމާ ގުޅިގެން ބައިނަލްއަޤްވާމީ ފިޔަވަޅުތަކެއް އެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

މަޖިލިސް ރައީސް އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގައި އިޖްތިމާޢީ އިންސާފު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ޖެންޑަރ އިކުއަލިޓީ އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުތައް ފާހަގަކުރައްވައި، އެ ޤާނޫނުތައް ތަންފީޒުކުރެވެމުންދާ ގޮތް ބަޔާންކުރެއްވިއެވެ.

އަބްދުއްރަހީމް އަބްދުﷲ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި، ފަގީރުކަން ކުޑަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެވޭ އެހީތެރިކަމުގެ ތެރެއިން، ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވެމުންދާކަން ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި މަޖިލިސް ރައީސް ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ދިވެހިރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވައި، "މޫސުމީ އިންސާފު ގާއިމުކުރުމަށް" ގޮވާލައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު