Monday, November 2
އަލަށް ގާއިމުކުރާ ސްވިމިންގް ޕޫލުގެ މަސައްކަތް ވަޒީރު ބައްލަވާލައިފި

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު، ސްވިމިންގ އެސޯސިއޭޝަނުން އަލަށް ގާއިމުކުރާ ސްވިމިންގ ޕޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ބައްލަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ވަޒީރަށް މަރުހަބާ ދެންނެވީ ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީއެވެ.

މި ޕޫލަކީ އަމިއްލަ ފަރާތަކާއެކު ސްވިމިންގ އެސޯސިއޭޝަނުން އިސްނަގައިގެން ގާއިމުކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލެކެވެ. ވަޒީރު ވަނީ މި ޕޫލުގެ އެންމެ ފަހުގެ މަސައްކަތް ދާގޮތް އޮޅުންފިލުވައި، މިހާރު ކުރަން ހުރި ބައެއް މަސައްކަތްތައް ބައްލަވާލައްވާފައެވެ.

50 މީޓަރުގެ މި ސްވިމިންގ ޕޫލުގެ މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އަޅައި ބޭސް ގާއިމުކުރުމުގެ މަސައްކަތެވެ. ދެ ބުރިއަށް ހަދާ މި ސްވިމިންގ ކޮމްޕްލެކްސް ތައްޔާރުކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ސްވިމިންގގެ ތަމްރީނުތައް ކުރިއަށްގެންދެވޭ ގޮތަށެވެ.

ސްވިމިންގ އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މގައި، މި ޕޫލުގައި ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ތަކެތި ގެނެސްފައިވަނީ އަމިއްލަ ގޮތަކަށް ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެންނެވެ. އަދި ޕޫލު އެތުރުމުގެ ކުރިން ކޮންކްރީޓް ބޭސް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެސޯސިއޭޝަނުން ހާމަކުރިއެވެ.

މި އަހަރުގެ އޭޕްރީލް މަހު މަސައްކަތް ފެށުނު މި އައު ސްވިމިންގ ޕޫލުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުއެވެ. މިހާތަނަށް ޕޫލް ގާއިމުކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވިއެވެ.

އާ ޕޫލް އަޅަމުންދަނީ މިހާރު ހުޅުމާލޭގައި ހުރި ސްވިމިންގ ޕޫލާ ޖެހިގެން އޮތް ބިމުގައެވެ. މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ ފެތުންތެރިންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު