Monday, November 2
މީހަކަށް ބިރުދައްކައި ގެއަކަށް ގެއްލުން ދިން މީހުން ބަންދުން ދޫކޮށްލައިފި

މާލޭގައި މީހަކަށް ބިރުދައްކައި، ގެއަކަށް ގެއްލުން ދިން މައްސަލައެއްގައި މާރިޗް މަހުގެ އަށް ވަނަ ދުވަހު ހައްޔަރުކުރި 4 މީހުން މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ

  • އއ. މާޅޮހުގެ ރީތިހިޔާ، މުހައްމަދު އަފްލާހް (23)،
  • ނ. ވެލިދޫގެ އެލަސް، އިބްރާހިމް އަހްނަފް (21)،
  • ނ. މަނަދޫގެ ހަވޭލީ، މުހައްމަދު އަޒަން (23)،
  • ތ. ގުރައިދޫގެ ފަޒާ، އަލީ ނަވާފު (21) އެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި 4 މީހުން ހައްޔަރުކޮށްފައިވަނީ މާރިޗް މަހުގެ 8 ވަނަ ދުވަހުގެ ރޭ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދިނުމާ ގުޅިގެންނެވެ. އެ ރޭ 12:45 ހާއިރު އެ ގެއަށް ވަދެ ގެއްލުންދީފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން އޭރު ވިދާޅުވެފައިވަނީ މި 4 މީހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށެވެ. މަހެއްހާ ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު، ކްރިމިނަލް ކޯޓުން މިއަދު މި މީހުން ދޫކޮށްލާފައިވަނީ ވަކި ޝަރުތުތަކަކާއެކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު