Monday, November 2
ކޯރާޑިއަކުން މީހަކަށް ހަލަދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

ކޯރާޑިއަކުން މީހަކަށް ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ 61 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ކޫލްއައިސިސް، އަހުމަދު ރަޝީދު ކަމަށް ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވާގޮތުން، ރަޝީދު މީހަކަށް ހަމަލާދޭން ކޯރާޑިއެއްގެ އިތުރުން ވަޅިއަކާއި ކަށިގަނޑެއް ވެސް ބޭނުންކުރަން އުޅުނު ކަމަށް ތުހުމަތުކުރެވެއެވެ.

ކޯޓުން ނިންމާފައިވަނީ ރަޝީދުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ބާވަތަށް ބަލައި، އޭނާގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށެވެ. މި ނިންމުމުގައި ކޯޓުން ފާހަގަކޮށްފައިވަނީ ރަޝީދު ބަންދުން ދޫކޮށްލައިފިނަމަ މީހެއްގެ ހަށިގަނޑަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު