މިއަހަރު ކީސްޓޭޖް- 3ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް އެސެސްމެންޓް ދޭން ފެށޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން އެމަނިކުފާނު ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު މިއަދު ވަނީ މި ފެށުނު ދިރާސީ އަހަރުގައި އެންމެ އިސްކަމެއްދޭނެ ކަންކަން ހާމަކުރައްވާފައެވެ. އެގޮތުން މާއްދާތަކުގެ މުޤައްރަރުތައް އަލުން މުރާޖަޢާކޮށް، ކޮންމެހެން ގެންނަންޖެހޭނެ ބަދަލުތަށް ގެނެއުމާއި ދަރިވަރުންނަށް އުނގަންނަވައިދެވޭ ކޮންޓެންޓްގެ ފެންވަރު ރަގަޅު ކުރުން އެންމެ އިސްކަންދެއްވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވވިއެވެ. މީގެ އިތުރުން ދާއިރާގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ކީ-ސްޓޭޖް 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކާއި، ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ފެށުންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިއަހަރު ކީސްޓޭޖް-3ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް "ނާލޯ" އެސެސްމެންޓް ދޭން ފެށޭނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިއާއި އެކު މުޅިން އަލަށް ރާއްޖޭގެ ފަށާތަޢުލީމުގެ މަރުޙަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަޤުވާމީ ލެވެލްގައި ބެންޗުމާކު ކުރުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ ސިޔާސަތުތަކާއި ނިންމުންތައް، ހެއްކާއި ޤަރީނާގެ މައްޗަށް ނިންމުމުގެ މުހިއްމު ކަމަށްބަލާ، އާޓިފިޝަލް އިންޓެލިޖެންސާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ތަރައްޤީ ކުރެވިގެންދާ އައު އެޑިއުކޭޝަނަލް މެނެޖްމަންޓް އިންފޮމޭޝަން ސިސްޓަމްގެ މޮޑިއުލްތަށް މި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި ރޯލްއައުޓް ކުރުމަށް ނިންމާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން