Friday, November 13
ވައިކާޓޯ ޔުނިވާސިޓީގެ އިސްބޭފުޅުން އެމްއެންޔޫ އަށް ޒިޔާރަތްކޮށްފި

ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވާސިޓީގެ އިސްބޭފުޅުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އަށް ޒިޔާރަތްކޮށް، މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޔުނިވާސިޓީ އިން ގުޅިގެން މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން، އެމްއެންޔޫ އަދި ވައިކާޓޯ ޔުނިވާސިޓީގެ މަސްލަހަތު ހިމެނޭހެން، ދިރާސާކުރުމާއި، ދަރިވަރުން އަދި މުވައްޒަފުންނަށް ޚާއްސަ އެކްސްޗޭންޖް ޕްރޮގްރާމްތަށް ކުރިއަށްގެންދިޔުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، އެމްއެންޔޫގެ ފަރާތުން ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. އަދި ވައިކާޓޯ ޔުނިވާސިޓީގެ ފަރާތުން ވައިސް ޗާންސެލަރ، ޕްރޮފެސަރ، ނީލް ކުވިގްލީގެ އިތުރުން ސީނިއަރ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޕްރޮފެސަރ،އެލިސްޓަރ ޖޯންސް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު