Monday, November 2
މިއަހަރު 3000 ވުރެ ގިނަ ދަރިވަރުން އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވި: އެޑިޔުކޭޝަން

މިއަހަރު ތިން  ހާހަށްވުރެ ގިނަ ދަރިވަރުން އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވެއްޖެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝާފީޢު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް ވަކި އުޞޫލެއް ނުގެންގުޅުއްވާ ކަމަށާއި ޖާގަހޯދުމަށް އެދޭ ކޮންމެ ކުއްޖަކަށް ސަރުކާރުގެ ސްކޫލުން ޖާގަދެމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

މީގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު މިހާރު މާލޭގެ ސްކޫލްތަކަށް ބަދަލުވާ ދަރިވަރުންގެ އަދަދު އިތުރުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރު 1100 އެއްހާ ދަރިވަރުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދިފައިވާއިރު މިއަހަރު ތިން ހާހަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި އެވްރެޖްކޮށް 800 ސަތޭކައާއި 1000 ދެމެދުގެ އަދަދަކަށް ދަރިވަރުން ބަދަލުވަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ބަދަލުވާން އެދޭ ހުރިހާ ދަރިވަރުންނަށް ފުރުޞަތު ދޭކަމަށެވެ. އެހެން ނަމަވެސް މިކަމުގައި ގޮންޖެހުން އެބަހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެއް ސެޝަނަށް ސްކޫލްތައް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ގޮންޖެހުން ކުރިމަތިވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ޕްރީ-ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް 90،000 އެއްހާ ކުދިން ދިރާސީ އައު އަހަރުގައި މިއަދު ކިޔަވާނެ ކަމަށެވެ. އެ ކުދިންނަށް ކިޔަވައިދިނުމަށް 11،000 އެއްހާ ޓީޗަރުން މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު