ހިތްވަރާއެކު ކާމިޔާބު ހޯދުމަސް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހިތްވަރުދެއްވައިފިއެވެ.
ދިރާސީ އައު އަހަރު ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވަނީ މި ފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި ލޮބުވެތި ދަރިވަރުންނަށާއި މުދައްރިސުންނަށާއި ބެލެނިވެރީންނަށް އަރިސްކުރައްވައިފައެވެ.
— Hussain Mohamed Latheef (@HucenSembe) April 7, 2025
މީގެ އިތުރުން އެ މަނިކުފާނު ވަނީ ހިތްވަރާއެކު ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވައިފައެވެ.
"މި އަހަރަކީވެސް އަޅުގަނޑުމެންގެ ދަރީންނަށް ހުރިހާ ގޮތަކުން ބާއްޖަވެރި އަދި ކާމިޔާބު އަހަރެއް ކަމުގައި ލައްވާށި. އާމީން"، ނައިބު ރައީސްގެ ޕޯސްޓުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން