Monday, November 16
ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަރުކާރުން ސާބިތުކަމާއެކު މަސައްކަތްކުރާނެ: ރައީސް
ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަރުކާރުން ސާބިތުކަމާއެކު މަސައްކަތްކުރާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވަނީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރާއިރު، ކޮންމެ ރައްޔިތަކަށް ދުޅަހެޔޮ ފެށުމެއް ތަޖުރިބާކުރެވޭނެ މުޖުތަމަޢެއް އުފެއްދުމަށްޓަކައި، ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުން ސާބިތުކަމާއެކު އޮތްކަމުގެ ޔަޤީންކަން އަރުވައިފައެވެ. ދުނިޔޭގެ ޞިއްޙަތު ދުވަހަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ގުޅުންހުރި އެހެނިހެން ޖަމުޢިއްޔާތަކުން ކޮންމެ އަހަރަކުވެސް އެޕްރީލް 7 ގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދަކީ ޞިއްޙަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. ޑަބްލިޔުއެޗްއޯ އިން ފުރަތަމަ ވޯލްޑް ހެލްތު އެސެމްބްލީ ބާއްވާފައިވަނީ 1948 ވަނަ އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު