Friday, November 13
ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ރިވިއު ރިވިއު ފަށައިފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެ ސެކްރެޓޭރިއެޓާ ގުޅިގެން، ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފިއެވެ.

މި ރިވިއުގެ މަޤްޞަދަކީ ކުރިމަގުގައި ހުށަހަޅާ ޓްރާންސްޕޭރަންސީ ރިޕޯޓުތައް އިތުރަށް ހަރުދަނާކުރުމެވެ. މި ރިވިއުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ހުށަހަޅާ ރިޕޯޓުތަކުގެ ފެންވަރު މަތިވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރިޕޯޓުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން މައުލޫމާތުދެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖެއިން ކުރާ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އިސްކަންދޭ ކަމެކެވެ. އަދި މި ރިވިއުގެ ސަބަބުން ރާއްޖޭގެ މޫސުމާ ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މި ރިވިއުގައި ބައިނަލްއަޤްވާމީ އެކްސްޕަރޓުން ބައިވެރިވާނެ ކަމަށާއި، ރިވިއު ނިމުމުން ރާއްޖެއަށް ލަފާތަކެއް ދޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި ލަފާތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ހުށަހަޅާ ރިޕޯޓުތައް އިތުރަށް ފުރިހަމަކުރެވޭނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު