Monday, November 2
ރާއްޖޭގެ ތިން ރެފުރީއަކު ކާވާ އިންޓަރނޭޝަނަލް ރެފުރީ ބެޖު ހާސިލުކޮށްފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިންޓަނޭޝަނަލް ރެފްރީ ބެޖު ރާއްޖޭގެ ތިން ރެފްރީއަކު ހާސިލުކޮށްފިއެވެ.

ކާވާ އިންޓަނޭޝަނަލް ވޮލީބޯލް ރެފްރީ ކޯސް ފުރިހަމަކޮށް ބެޖު ހާސިލުކުރައްވާފައިވާ 3 ރެފްރީއިންނަކީ މުޙައްމަދު ވަހީދު، އާއިދާ އަބްދުލް ހަކީމް އާއި މުހައްމަދު ސާމިން އެވެ.

ކާވާގެ މައި އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ތިން ރެފްރީންނަށް ބެޖު ހަވާލުކޮށްދެއްވީ ކާވާގެ ރައީސް މުޙައްމަދު ލަތީފްއެވެ. މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ ރެފްރީން ގިނަވަމުންދިއުމަކީ ވޮލީގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"ރާއްޖެއަކީ ސާކުގެ ގައުމުތަކުގެ ތެރެއިންވެސް އިންޓަނޭޝަނަލް ރެފްރީން އެންމެ ގިނަ ގައުމު. އެހެންވީމަ މިއީ ރާއްޖޭގައި ވޮލީ ބޯޅަ ތަރައްޤީވަމުން އަންނަ ކަމުގެ ހެއްކެއް،" ލަތީފް ވިދާޅުވިއެވެ.

މި އަހަރުގެ ޖުލައި މަހު އެފްއައިވީބީ ލެވެލް އެކެއްގެ ކޯހެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި ވޮލީއާ ގުޅުންހުރި ދާއިރާތަކުން ގިނަ އަދަދަކަށް ދިވެހިން ތަމްރީނުވުމަކީ އެ ފަރާތުގެ އުއްމީދު ކަމުގައި ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.

އައު ރެފްރީންނާއެކު މިހާރު ރާއްޖޭގައި ތިބި އިންޓަރނޭޝަނަލް ރެފްރީންގެ އަދަދު ވަނީ 15 އަށް އަރާފައެވެ. މީގެ ތެރޭގައި އެފްއައިވީބީ އިންޓަނޭޝަނަލް ރެފްރީންގެ ގޮތުގައި ހަތަރު ވޮލީބޯޅަ ރެފްރީންނާއި، އެއް ބީޗް ވޮލީ ރެފްރީއަކު ހިމެނެއެވެ. އަދި އޭވީސީ އިންޓަރނޭޝަނަލް ރެފްރީންގެ ގޮތުގައި ހަތަރު ރެފްރީންނާއި، އެއް ބީޗް ވޮލީ ރެފްރީއަކު ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު