Monday, November 2
މެރިން ރިސާޗްގެ ޑިރެކްޓާ ޖެނެރަލަކަށް ޝިމާލް އައްޔަންކޮށްފި

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި)ގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މުޙައްމަދު ޝިމާލް އައްޔަނުކޮށްފިއެވެ.

އެމްއެމްއާރްއައިން "އެކްސް" މެދުވެރިކޮށް ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ، ޝިމާލްއަކީ އެ އިދާރާގެ ރިސާރޗް ޕްރޮގްރާމްތަކުގައި މަސައްކަތްކޮށް، ގިނަ ޕްރޮޖެކްޓްތަކެއް ތަރައްޤީކޮށްފައިވާ ތަޖުރިބާކާރު ފަރާތެއް ކަމަށެވެ.

މި މަޤާމު ހުސްވެފައިވަނީ، 24 އަހަރަށްވުރެ ގިނަ ދުވަހު އެމްއެމްއާރްއައިގައި މަސައްކަތްކުރައްވާފައިވާ ޝާފިޔާ ނައީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެމްއެމްއާރްއައިއަކީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި މެރިން ރިސާރޗްގެ ދާއިރާއިން ދިރާސާތައް ކުރުމަށް ޤާއިމްކޮށްފައިވާ މުހިންމު މުއައްސަސާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު