Saturday, October 31
ތިންހާހާ ގާތްކުރާ އަދަދެެއްގެ ފަތުރުވެރިންނާއެކު އޮސްޓްރޭލިއާ ކްރޫޒްލައިނާ ރާއްޖެއަށް!

މިހާތަނަށް އެންމެ ދިގު ދަތުރެއް ކުރުމަށްފަހު ރާއްޖެއަށް އައި ކްރޫޒް ލައިނަރ "އެމްއެސްސީ މެގްނިފިކާ" އަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ. މި ކްރޫޒް ލައިނަރގައި ދަތުރުކުރި 2،818 ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 1،866 ފަސިންޖަރުންނާއި 952 ކްރޫ މެންބަރުންނެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި ކްރޫޒް ލައިނަރ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮސްޓްރޭލިއާގެ ފްރެމެންޓަލް ޕާތުން ފުރައިގެންނެވެ. ޕެސިފިކް ކަނޑު ހުރަސްކޮށް އިންޑިއާ ކަނޑަށް ކުރި މި ދަތުރަކީ، އިމިގްރޭޝަނުން ކްލިއަރެންސް ދިން އެންމެ ދިގު ސީޕޯޓު ދަތުރުކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލަކަށްވެފައިވާއިރު، މިއީ މިއަހަރު ރާއްޖެއަށް އައި 8 ވަނަ ކްރޫޒްލައިނާއެވެ. މި ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނަރތަކަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ.

ކްރޫޒް ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް ލިބެމުންދާ ކުރިއެރުމާއެކު، މިއަހަރުގެ މިހާތަނަށް ހަލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު