Saturday, October 31
އީދުބައިބަލާ ޗެލެންޖުގެ ސެމީއަށް ދަތުރުކުރި ޓީމުތަކަށް ނައިބުރައީސް ކާމިޔާބީއަށް އެދިވަޑައިގެންފި

ޢީދު ބައިބަލާ ޗެލެންޖް 1446 ގެ ބައިވެރިންނަށާއި، ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް މަރުހަބާ ދަންނަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެފައިވަނީ "މިފަދަ މުބާރާތްތަކަކީ އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް" ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒާ އެއްގޮތަށް ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ޓީއެފްޓީ، ލޮރެންޒޯ ސްޕޯޓްސް ކުލަބު، ކާސިންޖީ އަދި ޒެޕޯ އެވެ. މިއިން އެއްވެސް ޓީމަކަށް މީގެ ކުރިން ބައިބަލާގެ ޗެމްޕިއަންކަން ލިބިފައެއް ނުވެއެވެ.

މިރޭ ކުރިއަށްދާ ސެމީ ފައިނަލްގައި ލޮރެންޒޯ ނުކުންނާނީ ޒެޕޯއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ކާސިންޖީއާ ވާދަކުރާނީ ޓީއެފްޓީއެވެ. މިރޭގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު