Friday, November 13
ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި

އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން ސަލާމަތްވި ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ހާދިސާގައި އަލިފާން ރޯވީ ދެމަފިރިންގެ ގައިގައެވެ. އޭގެ އެގެ ތެރެއިން އަލިފާންރޯވި އަންގެންމިހާ މިދިޔަ ހޯމަ ދުވަހު ވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދިންގޮތުގައި އަލިފާނުގެ ހާދިސާގައި އަލިފާންރޯވި ފިރިހެންމިހާއަށް މިހާރުވެސް ފަރުވާދެނީ އައިސީޔޫގައެވެ. އެހެން ނަމަވެސް މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. މި ހާދިސާގައި ދެމީހުންގެވެސް ހަށިގަނޑުގެ ބޮޑުބައެއް ވަނީ އަނދާފައެވެ.

އައިޖީއެމްއެޗުން އެމީހާއަށް ފަރުވާދިނުމަށް އިންޑިއާއިން ހާއްޞަ ޑޮކްޓަރެއް ގެނައެވެ.

މިހާދިސާ ފުލުހުން ތަހްޤީޤް ކުރަމުން އަނާތީ އެއްވެސް ތަފްޞީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު