Friday, November 13
ވިލިނގިލި ބަނދަރު ހެދުމުގެ ބޮޑުބައެއް ނިމިއްޖެ
ގއ. ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3 ގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް  ކޮންސްރަކްޝަން ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮށްފިއެވެ. ‏މަޝްރޫޢުގެ އަދާހަމައަށް ބަލާއިރު، ސޭންޑްފިލް ބްރޭކްވޯޓަރުގެ ކީވޯލް ވަނީ މިހާރު ނިމިފައިވާ ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.
އަދި މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓް ރިޕްރޮފައިލިންގ މަސައްކަތް ކަމަށްވެސް ކޮންސްރަކްޝަން މިނިިސްޓްރީން މައުލޫމާތުދެއެވެ. ވިލިނގިލީ ބަނދަރުހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެނެވެ. މި މަސައްކަތަށް 114 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު