Saturday, October 31
މާވަށަށް 800 ކިލޯ ވޯޓްގެ ޖެނެސެޓެއް ގެންގޮސްފި

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ލ. މާވަށަށް 800 ކިލޯ ވޯޓުގެ އިންޖީނެއް ގެންގޮސްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ރަށަށް އައު އިންޖީނެއް ގެންދިޔައީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އައު އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.

އޭގެއިތުރުން ކުރިޔަށް އޮތް ހަފުތާއެއްގާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހިދުމަތަށް ބޭނުން ކުރެވޭނެކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.

މާވަށުގެ އިތުރުން އައްޑޫ ސިޓީއަށް ވެސް ދާދި ފަހުން ފެނަކައިން ވަނީ އިންޖީނެއް ފޮނުވާފައެވެ. އައްޑޫ ސިޓީއަށް ދިމާވާ ކަރަންޓުގެ މައްސަަލަ ހައްލު ކުރުމަށް ފެނަކައިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު