ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޓަކް ބަހާދުރު ރިލަމީ، ނޭޕާލް (34އ) އާއި ބަހާރު އުދީން، ބަންގުލަދޭޝް (34އ) އެވެ.
ފުލުހުން ބުނީ މި ދެ މީހުންނަކީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ 10:00 ހާއިރު ޕެޓްރޯލް ކުރަމުންދިޔައިރު، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުން ކަމަށާއި، ފޮށިގަނޑެއް ހިފައިގެން ޑިންގީން މި ދެ މީހުން ފެބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު 72 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން