ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުކަމުން މުޙައްމަދު ވަޙީދު ވަކިކޮށްފިއެވެ.
މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމުގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނު ގެ އަލްފާޟިލް މުޙައްމަދު ވަޙީދު މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމުގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނު ގެ އަލްފާޟިލް މުޙައްމަދު ވަޙީދު މިއަދު އެ މަޤާމުން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) April 6, 2025
ނަމަވެސް އޭނާ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ވަޙީދު، އެޗްޑީސީގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. ވަޙީދު ވަނީ މީގެ ކުރިން ވެމްކޯ އާއި ހައުސިންގ މިނިސްޓްރީގެ އިސް މަޤާމުތައްވެސް ފުރުއްވައިފައެވެ.
މި ލިޔުން ކިޔާލުމުން