Thursday, November 19
ކެންސަރަށް ފަރުވާ ހޯދަމުންދިޔަ އެމްއެންޑީއެފްގެ މީހަކު ނިޔާވެއްޖެ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ކޯސްޓްގާޑްގެ މުވަައްޒަފަކު ނިޔާވެއްޖެއެވެ.

ސިނކުޑީގައި ޓިއުމަރެއް އުފެދި، ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މިރޭގެ ވަގުތެއްގައި ނިޔާވި އެމްއެންޑީއެފް ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް އަލީ ނަޝީދު (ސނ: 2324) ނިޔާވި އިރު، ސިފައިންގެ ޚިދުމަތުގައި 30 އަހަރާއި، 8 މަހާއި، 19 ދުވަސް ހޭދަކުރައްވާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ކެންސަރު ބައްޔަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަމުން ގެންދާތާ މިހާރު ތިން އަހަރުވިފަހުން މިރޭ ނިޔާވި ނަޝީދަކީ ކޯސްޓްގާޑުގެ މާލިމީންނާއި ނެވީންގެ އިރުޝާދާއެކު އެ ޚިދުމަތުގައި ކުރިއަށް ދިޔަ ޒުވާނެކެވެ.

ނަޝީދު ނިޔާވި އިރު، އަނބިކަނބަލަކާއި ތިން ކުދިން ދުނިޔޭގައި އެބަ ތިބި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު