Saturday, October 31
މިވަގުތަަށް އެންމެ ރަނގަޅު ގޮަތަކީ އެމްޑީޕީ އާއި ޑިމޮކްރަޓްސް ގުޅުން: ނަޝީދު
މިވަގުތަށް އެންމެ ރަނގަޅުގޮތަކީ އެމްޑީޕީއާއި ޑިމޮކްރަޓްސް ގުޅުން ކަމަށް ކުރީގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ފެންނަގޮތުގައި ރާއްޖެއަށް އަދި ދެ ޕާޓީއަށްވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެޕާޓީ ގުޅުން ކަމަށެވެ. ''އަޅުގަނޑަށް ފެންނަ ގޮތުގައި މިވަގުތު ރާއްޖެއަށާއި، އެމްޑީޕީ، އަދި ޑިމޮކްރަޓްސް އަށްވެސް އެންމެ ރަނގަޅުގޮތަކީ އެމްޑީޕީ އާއި ޑިމޮކްރަޓްސް ގުޅުން" މުހައްމަދު ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެމަނިކުފާނު މިދިޔަ 2023 ވަނަ އަހަރު ވަނީ އެމްޑީޕީ އިން ވަކިވެވަޑައިގެންފައެވެ. އެއަށްފަހު އެމަނިކުފާނު އިސްވެ ހުންނަވައި ވަނީ ޑިމޮކްރަޓްސް އުފައްދަވާ އެ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކޮށްފައެވެ. ނަމަވެސް ފަހުން ޑިމޮކްރަޓްސްގެ އިސްސަފުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެމްޑީޕީއާއި އަލުން ގުޅިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު