Friday, November 13
ގަވައިދާ ހިލާފަށް މަގުމަތީގައި ކުނި ބަހައްޓަމުންދާ މީހަކު ހޯދަނީ

މަތީގައި ގަވައިދާ ހިލާފަށް ކުނި ބަހައްޓަމުންދާ މީހަކު ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލް އިން ފަށައިފިއެވެ.

ސިޓީ ކައުންސިލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަވީރީ ހިނގުމުގައި ކުނި ބަހައްޓަމުންދާ ފަރާތެއް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓްއިން ފުލުހުންނާއި ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ޕޯސްޓްގައި ސިޓީ ކައުންސިލް އިން ވަނީ އެ މީހާ މަގުގައި ކުނި ބަހައްޓާ މަންޒަރު ދައްކުވައިދޭ ވީޑިޔޯއެއް ވެސް އާއްމުކޮށްފައެވެ.

ކައުންސިލުން ވަނީ މާލެ ސިޓީ ސާފުތާހިރުތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ބޭނުންވާކަމަށް ވެސް ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.

މަގުތަކަށް ކުނި އަޅާ މީހުން ހޯދާ އެ ފަރާތްތައް ޖޫރިމަނާކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލް އިން އަންނަނީ ކުރަމުންނެވެ.

މީގެއިތުރުން، މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުންދާ ކަމަށާއި އެގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް (ވައިބަރ/ވަޓްސްއެޕް) ކޮށްދިނުމަށް ވެސް މާލެ ސިޓީ ކައުންސިލް އިން އެދިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު