Monday, November 16
އެމްޑަބްލިޔުއެސްސީގެ ރޯދަ ޕްރޮމޯގެ ޢުމްރާ ދަތުރު ލިބޭ ތިން ނަސީބުވެރިން ހޮވައިފި
1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ. މާރިޗު މަހުގެ 1 އިން 31 އަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގައި އެމްޑަބްލިޔުއެސްސީ އެޕު މެދުވެރިކޮށް ފެން ބިލުގެ އައުޓްސްޓޭންޑިން ދައްކަވައިގެން ޢުމްރާ ގުރުއަތުގައި ބައިވެރިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. މިގޮތުން އެކުވެރި ރޯދަ 30 ޢުމްރާ ޕްރޮމޯޝަންގެ ތިން ނަސީބުވެރިން ހޮވާފައިވާއިރު، އެމްޑަބްލިޔުއެސްސީން ބުނީ މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރި ކުރެވިފައިވަނީ އެމް.ޑަބްލިޔު.އެސް.ސީ އެޕުން ބިލު ދައްކަވާފައިވާ އެއްވެސް އައުޓްސްޓޭންޑިންގ އެއް ނެތް ފަރާތްތައް ކަމަށެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިން:
  • ޝަމްރޫޒް އިބްރާހީމް - ދަފުތަރު ނަންބަރު ދރ 1672
  • މުޙައްމަދު ސަރާޙް އުދަރެސް، އުދަރެސް/ތ. ތިމަރަފުށި
  • ޢަލީ ނާޡިމް، ގ. ރަންދެލިގެ/ކ. މާލެ
އެމްޑަބްލިޔުއެސްސީން ވަނީ ނިމިގެންދިޔަ ރޯދަ މަހު ގޭބިސީތަކުގެ ފެން ބިލުތަކުން ޑިސްކައުންޓްވެސް ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު