Friday, November 13
ޕީީޓީއޭގެ އިން ޝަރަފުއްދީން ސްކޫލްގެ އެސެމްބްލީ އޭރިއާގައި ޓާރފް އަޅައިފި

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެއިރު، ޝަރަފުދީން ސްކޫލްގެ އެސެމްބްލީ އޭރިއާގައި ޓާރފް އަޅައި ނިންމާލައިފިއެވެ.

ޝަރަފުއްދީން ސްކޫލުން ބުނީ މިއީ އެ ސްކޫލްގެ ޕީޓީއޭގެ އެހީތެރިކަމާއި އެކު ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.

'"ޝައްކެއްނެތެވެ. ސްކޫލްގެ އެސެމްބްލީ ގްރައުންޑް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޓާފް އަޅައި ނިންމަވާލެއްވި ނިންމާލެއްވުމުން ގިނަބަޔަކު މިދިޔައަހަރު ތަކުގައި އުފައްދަމުންދިޔަ ސުވާލަށް ވަނީ ޖަވާބު ލިބިފައެވެ. ޕީޓީއޭގެ ފަންޑް ރައިޒިން އިވެންޓްތައް ބޭއްވެވީ މިފަދަ ކަންކަން ކުރެއްވުމަށެވެ. މިހާތަނަށް އެސެމްބްލީ ގަޑީގައި ދަރިވަރުން ތަޙައްމަލު ކުރަމުންދިޔަ އުނދަގޫ ތަކަށް ދާއިމީ ހައްލެއް މިއަދު ލިބުނީއެވެ. ކުލާހުން ބޭރުގައި ދަރިވަރުންނަށް ކުރިއަށް ގެންދާ ޙަރަކާތްތައް ހިންގުމަށް ފަހި މާޙައުލެއް ގާއިމު ކުރެވުނީއެވެ"' ސްކޫލްގެ ޓީޗަރަކު ފޭސްބުކުގައި ލިޔުއްވާފައިވެއެވެ.

ސްކޫލުން ވަނީ މި މަސައްކަތް ހަގީގަތަކަށް ހެދުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ޕީޓީއޭ އަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

A big shout-out and heartfelt thanks to our PTA for initiating and completing the turf installation project at the...

Posted by Sharafuddin School on Friday, April 4, 2025

ދީރާސީ އައު އަހަރުގެ ސްކޫލް ފެށޭނީ އަންނަ ހޯމަ ދުވަހުއެވެ. މިހާރު ސްކޫލުން ދަނީ އައި އަހަރު ފެށޭއިރު އެތަން ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީވަމުންނެވެ.

ޝަރަފުއްދީން ސްކޫލަކީ އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވާ މޮޅޭތި ދަރިވަރުން އުފައްދަމުން އަންނަ ސްކޫލެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު