Saturday, October 31
ކެފޭއެއްގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އަތުލައިގެންފި

މާލޭގެ ކެފޭއެއްގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، މި ބިދޭސީން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އިއްޔެ ރޭ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، ހައްޔަރުކުރި ބިދޭސީން މަސައްކަތްކުރަމުން ދިޔަ ކެފޭ ހިންގަމުން ގެންގޮސްފައިވަނީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ކަމަށެވެ.

ގަވަޢިދާ ޚިލާފަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިމިގްރޭޝަނުން އަންނަނީ ގިނަ އަދަދެއްގެ އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު