Friday, November 13
ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅުނު މީހަކަށް ފަރުވާދެނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލަ އަށް މަރުވާން މަސައްކަތް ކުރުމުން ހޮސްޕިަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު މިރޭ21:12 އެހާއިރު އަމިއްލަ އަށް މަރުވާން މަސައްކަތް ކުރުމާއި އެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އޭނާ އަކީ މަސްތުގެ ހާލަުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މި އޭޕްރީލް މަހުގެ2 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އޭނާ އަކީ އުމުރުން34 އަހަރުގެ ފިރިހެނެކެވެ.

މިހާދިސާ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުއް އެޅުމާއި އެކު ހިއުމަން ރައިޓްސް ކޮމިޝަނާއި، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ވަނީ ހިއްސާކޮށްފައެވެ.

މިކަމާއި ގުޅިގެން މި ހާދިސާގެ ތަހްގީގަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ޓީމެއް ކުޅުދުއްފުށި ސިޓީ އަށް ފޮނުވުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މިހާދިސާ ހިންގާފައިވާ ގޮތުގެ އެެތެރޭގެ ތަހްގީގެއް ހާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު