Monday, November 16
އަންހެނުންގެ ކޮމިޝަންގެ އިންތިޚާބަކީ މިންތީގެ ހަމަހަމަކަން ކުރިއެރުވުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކުގެ ހެއްކެއް: ޑރ. ޚަލީލް
އ.ދ. ގެ އަންހެނުންގެ ކޮމިޝަންގެ އިންތިޚާބަކީ މިންތީގެ ހަމަހަމަކަން ކުރިއެރުވުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކުގެ ހެއްކެއް ކަމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އ.ދ. ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 2026-2030 ގެ ދައުރަށް ރާއްޖެ އިންތިޚާބުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު ވިދާޅުވީ ރާއްޖެއިން ވަނީ އަންހެނުން ބާރުވެރިކުރުވުމަށް މެދުނުކެނޑި ވަކާލާތުކޮށް، ސިޔާސަތުތައް ޤާއިމްކޮށް، ޤާނޫނީ އިޞްލާޙުތައް ގެނެސް، އެކި ދާއިރާތަކުގެ ލީޑަރޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށްޓަކައި ރަނގަޅު ހައްލުތަކެއް ހޯދައިދިނުމަށް، އ.ދ. ގެ އަންހެނުންގެ ކޮމިޝަންގައި ތިއްބެވި ބައިވެރިންނާއެކު މަސައްކަތްކުރައްވަން ތައްޔާރަށް ތިއްބެވި ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު