Monday, November 16
އ.ދ ގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ އިންތިޚާބުވުމަކީ ފަޚުރެއް: ރައީސް
އ.ދ. ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން ގެ ދައުރަކަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ޤައުމަށް ލިބޭ ބޮޑު ފަޚުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވަނީ މި ކޮމިޝަނަށް އިންތިޚާބުވި ހުރިހާ ޤައުމުތަކަށް ތަހުނިޔާ ދަންނަވައިފައެވެ. އަދި އެންމެންގެ ބައިވެރިވުމާއެކު، އަންހެނުންގެ ޙައްޤުތަކާއި އަންހެނުން ބާރުވެރިކުރުމާ ގުޅޭ މުހިންމު ކަންކަމުގައި ކޮމިޝަނަށް ތައްޔާރުވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ވަނީ ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް އަންހެނުންގެ ޙައްޤުތަކާއި ހައިސިއްޔަތު ކުރިއެރުވުމުގައި ބޮޑެތި ކުރިއެރުންތައް ހޯދާފައި ކަމަށެވެ. އަދި އިންތިޒާރުކުރައްވަނީ މިއަށްވުރެ ގިނަ ފަރާތްތަކެއް ހިމެނޭ މުސްތަޤުބަލަކަށްޓަކައި ކޮމިޝަނުން ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ހުރިހާ ބައިވެރިންނާއެކު މަސައްކަތް ކުރެއްވުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. ދިވެހިރާއްޖެ އިންތިޚާބުވެފައިވަނީ އ.ދ. ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 2026-2030 ގެ ދައުރަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު