Monday, November 2
އުމުރާވެރިން އަންނަން ފަށައިފި

ރަމަޟާންމަހު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ އުމްރާވެރިން ރާއްޖެއަންނަށް ފަށައިފިއެވެ.

މިއަދު މެންދުރު ދޭ އަދި ހަތެރެއްގެ ފްލައިޓް ތަކުން ބައެއް އުމުރާވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އުމްރާވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހު މިއަދާ މާދަމާ އަދި މިމަހުގެ 7ގައެވެ.

މި ރަމަޟާން މަހު ފަހު ދިހައެއްގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޖުމްލަ 577 މީހުން ޢުމްރާއަށް ދިޔައެވެ. ހައްޖު ކޯޕަރޭޝަން އިތުރުން، އަމިއްލަ ކުންފުނިތަކާއެކުވެސް މިފަހަރު ރޯދަ ޢުމްރާއަށް ގިނަ ބަޔަކު ވަނީ ގޮސްފައެވެ.

ދަތުރުފަތުރުގެ ޚިދުމަތް ދެއްވާ ފަރާތްތަކާއި ޓެކްސީތަކުންވެސް އުމުރާވެރިން އަންނަ ގަޑިަކުގައި އެއަރޕޯޓުގެ ޓްރެފިކް ތޮށްޖެހުން ކުޑަކުރުމަށް އެއްބާރުލުން ދިނުމަށް އެމްއޭސީއެލުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު