Friday, November 13
ރައީސް ލީޑްސް ޔުނިވަރސިޓީ އަށް ޒިޔާރަތްކޮށްފި
ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލީޑްސް ޔުނިވަރސިޓީ އަށް ޒިޔާރަތް ކުރައްވައިފިއެވެ. ޔުނިވަރސިޓީ އަށް ކުރެވި މި ޒިޔާރަތަކީ ދިވެހިރާއްޖެ އާއި ޔުނިވާސިޓީއާ ދެމެދު އެއްބާރުލުން ދިނުމުގެ ފުރުސަތުތައް ހޯދުމަށް ކުރެއްވި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މެމްބަރު އެލެކްސް ސޮބެލް، އަދި ޔުނިވާސިޓީ އޮފް ލީޑްސްގެ ޕްރޮވޮސްޓް އަދި ޑެޕިއުޓީ ވައިސް ޗާންސެލާ ޕްރޮފެސަރު ހައި-ސުއީ ޔޫ އެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަކީ 2009 ވަނަ އަހަރު ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޔުނިވާސިޓީ އޮފް ލީޑްސްގެ ޝަރަފުވެރި ކުރީގެ ދަރިވަރެކެވެ. 1904 ވަނަ އަހަރު އުފެދުނު ޔުނިވާސިޓީ އޮފް ލީޑްސް އަކީ އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އެއް ތައުލީމީ މަރުކަޒެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު