އއ. ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.
ފުލުހުން ބުނީ ހިމަންދޫ ބަނދަރުގައި އޮތް ކައެލް ވިންގް ނަމަކަށް ކިޔާ ލޯންޗެއްގައި އަލިފާން ރޯވެފައިވާ މައްސަލައިގެ ރިޕޯޓު މިއަދު ފަތިހު 05:50 ހާއިރު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ލޯންޗުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ފުލުހުންނާއި ރަށު ކައުންސިލާއި އާންމުން ގުޅިގެން މަސައްކަތުން ހެނދުނު 06:26 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާ ހިނގިއިރު ލޯންޗުގައި ކެޕްޓަނާއި ދެ ފަޅުވެރިން އަދި ކުޑަކުއްޖަކު ހުރި ކަމަށެވެ. ފަޅުވެރިންނަށް ކޮންމެވެސް ވަރަކަށް އަނިޔާވި ނަމަވެސް، ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަލިފާން ރޯވި ލޯންޗު ވަނީ ބޭނުން ނުކުރެވޭ އަނދައި، ފަޅުތެރެއަށް އަޑިއަށް ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި ހާދިސާ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން