Saturday, October 31
ބްލަޑް ސަރވިސަސް އިން ޚިދުމަތްދޭ ގަޑިތައް އާދީއްތަ ދުވަހުން ފެށިގެން އިތުރުކުރަނީ

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ޚިދުމަތްދޭ ގަޑިތައް އަންނަ ހަފުތާއިން ފެށިގެން ބަދަލުވާނެ ކަމަށް އެ ސަރވިސް އިން ބުނެފިއެވެ.

އެމްބީއެސް އިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2025 އެޕްރީލް 6 ވަނަ ދުވަހުން ފެށިގެން އެސަރވިސަސް އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ. އަދި އެސަރވިސަސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

އެމްބީއެސް އިން ހާމަކޮށްފައިވާ ގޮތުގައި އެޗް. ބީ ބެލުމަށް ސާމްޕަލްނެގުން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދމެދު 08:00 އިން 20:00 އަށް ކުރިއަށްދާނެއެވެ. އަދި ކްރޮސްމެޗު ހެދުމަށް ސާމްޕަލް ނެގުމުގެ ޚިދުމަތް ހޮނިހިރު ދުވަހާއި ބުދަ ދުވަހާ ދެމެދު 08:00 އިން 20:00 އަށް އަދި ބުރާސްފަތި ދުވަހު 08:00 އިން 17:45 އަށް ލިބޭނެއެވެ.

މީގެ އިތުރުން ތެލަސީމިއާ ސްކްރީނިންގެ ޚިދުމަތް ލިބޭނީ 08:30 އިން 13:00 އަށް ކަމަށާއި، ތެލަސީމިއާ ކާޑު ދޫކުރާނީ 08:00 އިން 14:00 އަށް ކަމަށް އެމްބީއެސް އިން ބުނެއެވެ.

އަދި ޑޯނަރުން ގައިން ލޭ ނެގުން ކުރިއަށްދާނީ 08:00 އިން 19:45 އަށް ކަމަށާއި، ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 08:00 އިން 19:30 އަށް ކަމަށްވެސް އެ ސަރވިސް އިން ބުނެއެވެ.

އެމްބީއެސް އިން ބުނީ ލޭ ގުޅައިދިނުން (1 ޔުނިޓް) ގެ ޚިދުމަތް 08:00 އިން 16:30 އަށް ލޭ ގުޅައިދިނުން (2 ޔުނިޓު) ގެ ޚިދުމަތް 08:00 އިން 14:30 އަށް ހުރިހާ އުމުރު ފުރާއަކަށްވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެ ސަރވިސް އިން ބުނީ ޑޮކްޓަރުން ބައްލަވާނީ 08:00 އިން 20:30 އަށް ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު