75 ފުޅި ބަނގުރަލާއެކު ހުޅުމާލެއަށް ދިޔަ ވޭނެއް ހުއްޓުވައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފުޅިތަކެއް އަޅާފައި ހުރި ފޮށިތަކެއް އަރުވައިގެން ވޭނެއް ހުޅުމާލެއަށް ދަތުރުކުރާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ ވޭން ރޭ 9:46 ހާއިރު ހުޅުމާލޭ ރީތިގަސް މަގުން ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލައިފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ގިނަ އަދަދެއްގެ 500 އެމްއެލް ގެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ވޭން ދުއްވި ނޭޕާލަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ ތިރްތާ ބަހާދުރް ބީ ކޭ (37 އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ވޭން ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލް ގެ 75 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހުއްޓުވި ވޭން މިހާރު ޓޯކޮށްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން